ޚަބަރު

ނ.ޢ.ޢ.ވ ޢުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ދިދަ 3 ދުވަސް ވަންދެން ބައިދަނޑިއަށް


ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޤައުމަށް ގިނަގުނަ ޚިދުމަތްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މީގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.