މާލޭގެ އެކި ސަރަޙައްދުތަކަށް ޕްރެޝަރުގައި ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާ ކަމަށާއި މިމައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.
Due to an ongoing repair work in main water distribution network some areas of Malè may experience low water pressure. We are working to rectify the issue at the earliest. We apologize for any inconvenience caused. pic.twitter.com/P2RQhl9grV
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 19, 2021
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ވޯޓަރ ޑިސްޓްރިބިއުޝަންގެ މައި ނެޓްވޯރކަށް ދިމާވި މައްސަލައަކާ ގުޅިގެން ފެނުގެ ފްލޯ ރޭޓް ދައްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަކަށް ފެން ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި އެކި ސަރަޙައްދުތަކުގެ ފެން ހޮޅިތަކުން ފެން ބަންދުކޮށްގެން އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.