ޚަބަރު

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ


ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤަޠަރުގެ 50 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޤަތަރުގެ ޢަމީރު، ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި، އެ ޤައުމުގެ ސަރުކާރާއި، ރައްޔިތުންނަށް ވަނީ ތަޙުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤަތަރުގެ ރައްޔިތުންނަށް ހަމަޖެހުމާއި އުފާ ފާގަތިކަމާއި ކުރިއެރުން ލިބުމަށްވެސް އެދިވަޑައިގެން ދުޢާކުރައްވާފައިއެވެ.

ޤަތަރާއި ދިވެހި ރާއްޖެއާއި ދެމެދުގައި އޮތް ސިޔާސީ ގުޅުން 2017ވަނަ އަހަރު ކަނޑާލި ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެގުޅުން އިއާދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޤަޠަރަށް ކުރެއްވި ދަތުރުފުޅުގައިވަނީ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވާފައެވެ.

ރާއްޖެއިން ޤަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި އޮތްނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ.