ކުޅިވަރު

އެންބީއޭ: ނެޓްސްގެ މައްޗަށް ސިކްސަރސް ކާމިޔާބު ހޯދައިފި


އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 114 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 34 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ 8 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 6 އެސިސްޓް ދިން ޖޮއެލް އެމްބިޑެވެ.

މިމުބާރާތުގައި ފީނިކްސް ސަންސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑިއާންދްރޭ އައިޓަންވަނީ 15 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ 4 އެސިސްޓް ދީފައެވެ. އަދި ވިޒަޑްސްގެ ބްރެޑްލީ ބީލް ވަނީ 26 ޕޮއިންޓް ހޯދައިދީފައެވެ.

މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 6 އެސިސްޓްދިން ޖޫލިއަސް ރެންޑްލްއެވެ. އަދި ރޮކެޓްސްގެ ޑެނިއަލް ތެއިސްވަނީ 22 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީފައެވެ. އަދި އިންޑިއާނާ ޕޭސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ.