ކުޅިވަރު

ޔުނައިޓެޑުގެ ޓީމުން އިތުރު ކޮވިޑް ކޭސްތަކެއް


މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންގެ ކިބައިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެންމަތިވެއްޖެއެވެ. ޔުނައިޓަޑުން އެ ޓީމުގެ ފަރިތަކުރުންތައް އަލުން ފެށުމުގެ ކުރިން ކުޅުންތެރިން ހެދި ޓެސްޓްތަކުން ޓީމުގެ އިތުރު ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޔުނައިޓެޑްގެ ފަރިތަކުރުންތައް އަލުން ފެށީ ޕޮޒިޓިވްވި ކުޅުންތެރިން ބައިވެރިނުވެއެވެ. ޔުނައިޓެޑްގެ ޓީމުގެ ތެރޭގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން، ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަންއާ ދެކޮޅަށް ޔުނައިޓަޑް ކުޅޭ މެޗު ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ޔުނައިޓެޑްގެ ޓީމުގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ޔުނައިޓަޑްގެ ސީނިއާ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލީ ހޯމަ ދުވަހުއެވެ. ކޮވިޑްގެ ކޭސްތައް ފެނުމާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޔުނައިޓަޑާއި ބްރެންޓްފޯޑް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ. ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން އެ ބަލި ފެތުރުން އިތުރުވެފައިވާތީ، އިނގިރޭސި ޕްރިމިއާ ލީގުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.