ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާ އޮންނަނީ ހެނދުނު 10:00 ޖަހާއިރުކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
މަޖިލީހުގެ ޗުއްޓީ ދުވަަސްވަރު، ޖަލްސާއެއް އެޖެންޑާކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ މައްސަލަ އެކަންޏެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ. މި އޮޑިޓް ހަދާފައިވަނީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ އެކި މައްސަލަތަކާ ގުޅޭގޮތުން އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށްބުނެއެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ، މެމްބަރު އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ އޮޑިޓްގެ މަސައްކަތް ފެށުމާއެކު ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.