ޚަބަރު

އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި


ފުލުހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ރޭ ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ މަސައްތުވާތަކެތި ހޯދާފައިވަނީ، މަގުމަތިން ހުއްޓުވި ކާރެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން އެ ކާރުގެ ޑިކީގައި އޮތް ފޮއްޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި އޮޕަރޭޝަންގެ މަޢުލޫމާތު ފުލުހުން މިހާތަނަށް ރަސްމީގޮތެއްގައި ހާމަކޮށްފައެއްނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ވަނީ ގެންގޮސްފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ދަނީ ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވަނީ ފަޅުރަށެއްގައި ފޮރުވާފައިހުރި 100 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ. އަދި މިދިޔަ އަހަރުވަނީ ހުޅުމާލޭ ފަޅުތަރޭގައި އޮތް ދޯންޏަކުންވެސް، 100 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.