ކުޅިވަރު

ފަހުވަގުތު ޖޯޖީނިއޯ ޗެލްސީ ސަލާމަތްކޮށްދީފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ލީޑްސްއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރަފީނިއާއެވެ. މިމެޗްގައި ޗެލްސީއިން އެއްވަރު ކުރި ލަނޑު މެޗުގެ 42ވަނަ މިނެޓްގައި ޖަހައިދިނީ މޭސަން މައުންޓެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ މެޗްގެ 58 ވަނަ މިނެޓްގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ތަނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މިމެޗްގައި ޗެލްސީއިން ފުރަތަމަ ފަހަރަށް ލީޑު ނެގި ލަނޑު ޖަހައިދިނީ ޖޯޖީނިއޯއެވެ. މިމެޗްގައި ލީޑްސްއިން އެއްވަރު ކުރީ މެޗްގެ 83 ވަނަ މިނެޓްގައި ޖޯ ގެލްހާޑް ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ޖޯޖީނިއޯއެވެ.

މިކާމިޔާބީއާއެކު ޗެލްސީއަށް މިހާރުވަނީ ކުޅުނު 16 މެޗުން 36 ޕޮއިންޓް ލިބިފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލީޑްސްގެ ކޯޗް މާސެލޯ ބިއެލްސާ ބުނީ މިއީ އޭނާގެ ޓީމަށް އެއްވަރުވުން ހައްގު މެޗެއް ކަމަށާއި މިގޮތަށް އެންމެ ފަހު ވަގުތު މެޗް ގެއްލުމުން ލިބޭ ހިތްހަމަ ނުޖެހުން ބޮޑު ކަމަށެވެ. މިމެޗުން ބަލިވުމުން ލީޑްސް އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.