ޚަބަރު

ހއ.އަތޮޅުގެ ކުރީގެ މެމްބަރު ކެލާ އަލިބެ، އަވަހާރަވެއްޖެ


ރައްޔިތުންގެ މަޖިލިހުގައި ހއ.އަތޮޅުގެ މެމްބަރުކަން ކުރައްވާފައިވާ ބ.އޭދަފުށީ، ކެލާ ޢަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުން 76 އަހަރުގައި އަލިބެ އަވަހާރަވީ މިއަދުއެވެ. އަލިބެ އަވަހާރަވީ ވަރަށް ގިނަދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުކަމަށް މަޢުލޫމާތު ލިބެއެވެ.

އަލިބެ ވަނީ 1994އިން 1999އަށް، ރައްޔިތުންގެ މަޖިލީހުގެ ހއ.އަތޮޅުގެ މެމްބަރުކަން ކުރައްވާފައެވެ. އޭނާއަކީ އެތައް ދާއިރާއަކުން ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅެކެވެ. އޭގެތެރެއިން ޤާނޫނީ ވަކީލެއްގެ ގޮތުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ އިތުރުން ވާހަކަދެއްކުންތެރިކަމާއި ލިޔުންތެރިކަމާއި ޅެންވެރިކަމުގައިވެސް އަލިބެއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކިޔަވައިދެއްވުމުގައި އޭނާގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ.