ޚަބަރު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި


ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓްގެ ލިންކް އިން ލިބެންހުންނާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކުރެވިގެން އިސްލާމިކް މިނިސްޓްރީގައި ޤާއިމްކުރެވޭ ޚާއްސަ ކައުންޓަރު ތަކުންނެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ޑިސެމްބަރު 30ގެ ނިއަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް ފޯމުހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

1442 ވަނަ އަހަރު މާލެ ސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.