ކުޅިވަރު

ބެންފޯޑް، ފަހުވަގުތު ލީޑްސް ސަލާމަތްކޮށްދީފި


އިނގިރޭސި ލީގުގައި، ފަހުވަގުތު ލީޑްސް ޔުނައިޓެޑުގެ ޕެޓްރިކް ބެމްފޯޑް ކާމިޔާބު ކުރި ލަނޑުން އެޓީމް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ލީޑްސް ޔުނައިޓެޑު އެއްވަރުވީ ބްރެންޓްފޯޑާ ވާދަކޮށް 2-2 ލަނޑުންނެވެ. ލީޑްސް ޔުނައިޓެޑުގައި އެލަން ރޯޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޓެއިލާ ރޮބާޓްސް ކާމިޔާބުކޮއްދިނީ މެޗުގެ 27ވަނަ މިނުޓުގައެވެ. މިއީ ރޮބާޓްސް ލީޑްސް ޔުނައިޓެޑު ޖާޒީގައި ކުޅުނު 100ވަނަ މެޗެވެ. ޝެންޑޯ ބަޓިސްޓޭއާއި ސާޖީ ކާނޯސްގެ ލަނޑުތަކުން ބެރެންޓްފޯޑްއިން މެޗުގެ ދެވަނަފާހްގައި ލީޑު ނެގިއެވެ. ލީޑްސް ނަތިޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ބެމްފޯޑެވެ. އަނިޔާއިން އެނބުރިއައިސް ލީޑްސް ޔުނައިޓެޑުގައި ކުޅުންތެރިޔާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މެޗަށްފަހު ވާހަދައްކަމުން ލިޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ ލީޑްސްއަށް މެޗުގައި ރަނގަޅަށް ކުޅެވުނީ 60 މިނިޓާ ހަމަޔަށް ކަމަށެވެ. މެޗަށްފަހު ބެރެންފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ މެޗުން ޕޮއިންޓެއް އެޓީމަށް ހައްގުކަމަށެވެ.

މި ނަތީޖާއާއެކު ބްރެންޓްފޯޑް 12ވަނަގައި އޮތީ ކުޅުނު 15 މެޗުން ހޯދި 17 ޕޮއިންޓާއެކުއެވެ. ލީޑްސް ވަނީ ބެރެންޓްފޯޑް އަތުން ހޯދި ޕޮއިންޓާއެކު ތާވަލުގެ 14ވަނައަށް ކުރިޔަށް ޖެހިލާފައެވެ.