ކުޅިވަރު

ފަހަތުން އަރައި އެސްޓަންވިލާއިން ލެސްޓާ ސިޓީ ބަލިކޮށްފި


އިނގިރޭސި ލީގުގައި އެސްޓަން ވިލާއިން ފަހަތުންއަރައި ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ އެސްޓަން ވިލާ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލެސްޓާއަށް ކާމިޔާބުކޮއްދިނީ ހާވިއޭ ބާނެސްއެވެ. ލެސްޓާ ސިޓީ ލަނޑު ޖެހިތާ ތިން މިނުޓުފަހުން ވިލާއަށް ނަތީޖާ ހަމަހަމަކޮއްދިނީ އެންޒްރީ ކޮންސާއެވެ. މެޗުން ވިލާ މޮޅުވި ލަނޑު ކޮންސާ ކާމިޔާބުކޮއްދިނީ ދެވަނަފާހްގައިއެވެ. މިއީ ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސްގެ މައްޗަށް އެޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ހޯދި ތާރީޚީ ކާމިޔާބެކެވެ.

ވިލާގެ ކޯޗުކަމާ ހަވާލުވެ ޖެރާޑްގެ އިރުޝާދުގެ ދަށުން ވިލާއިން އަންނީ ރަނގަޅު ކުޅެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި އެންމެފަހުން ކުޅުނު 4 މެޗުގެ ތެރެއިން ވިލާއިން ވަނީ ތިން މެޗު ކާމިޔާބުކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން އޯސްޓަން ވިލާގެ ކޯޗު ސްޓީވަން ޖެރާޑް ބުނީ މެޗު ކާމިޔާބު ކުރެވުނީ ދެވަނަ ހާފުގައި އޭނާގެ ޓީމުން ދެއްކި އާދަޔާ ޚިލާފް މޮޅުކުޅުމުގެ ސަބަބުން ކަމަށެވެ.

ލެސްޓާގެ ކޯޗު ރޮޖާސް ބުނީ މެޗު އަތުން ބީވެދިޔައީ އަމިއްލަ ހެދުނު ގޯސްތައް ގިނަވެގެންކަމަށެވެ މި ނަތިޖާއެކު ވިލާއިން ވަނީ ތާވަލުގެ 10 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ކުޅުނު 15 މެޗުން 19 ޕޮއިންޓު އެޓީމުން ހަމަކޮއްފަވާއިރު ލެސްޓާ ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓު ހޯދާފައެވެ. އެކަމަކު ލަނޑުގެ ތަފާތުން ލެސްޓާ އޮތީ 11 ވަނައިގައެވެ.