ކުޅިވަރު

ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ވޮޓްފަޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް މިސީޒަންގައި ފުރަތަމަ ފަހަރަށް ސިޓީ އަރައިފިއެވެ. ވޮޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބު ކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ސިޓީން. މިލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓަރލިންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިންވަރއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ސިޓީއަށް ލިބިގެންދިޔައެވެ. މިމެޗްގައި ސިޓީގެ ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހައިދިނީވެސް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ސިލްވަރއެވެ. މިމެޗްގައި ވޮޓްފަޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ކޫޗޯ ހެނާންޑޭޒްއެވެ.

މި ކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ 15 މެޗުން 35 ޕޮއިންޓް ލިބިފައެވެ. ސިޓީއަށް ތާވަލްގެ އެއްވަނައަށް ލިބުނީ ކުރިންއެއްވަނައިގައި އޮތް ޗެލްސީ އެޓީމު ރޭ އެސްޓްހޭމާއި ވާދަކުރި މެޗުން ބަލިވުމުންނެވެ. ވޮޓްފަޑް އުޅޭނީ 13 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.