ކުޅިވަރު

ވެސްޓްހޭމް މޮޅުވިޔަ ނުދީ ބްރައިޓަން ހިފަހަށްޓައިފި


އިނގިރޭސި ލީގުގައި ފޯމުގައި އޮތް ވެސްޓްހޭމް މޮޅުވިޔަ ނުދީ ބްރައިޓަން އިން ހިފަހަށްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓްހޭމް އެއްވަރުވީ ބްރައިޓަންއާ ވާދަކޮށް 1-1 ލަނޑުންނެވެ.

ލީގުގެ ހަތަރުވަނައިގަ އޮތް ވެސްޓްހެމުން ލީޑު ނެގީ ފަސްވަނަ މިނެޓުގައި ޓޮމަސް ސުސެކް ކާމިޔާބުކުރި ލަނޑުންނެވެ. ބްރައިޓަނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު މިނެޓުގައި ނީލް މާފީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ވެސްޓެހޭމުން ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެކަމުގެ ވީއޭއާރުން ވަނީ އެލަނޑު ބަލައިނުގަނެފައެވެ.

ލަނޑު ބަލައިނުގަތުމުން މެޗަށްފަހު ވެސް ވެސްޓްހޭމްގެ ކޯޗު ޑޭވިޑް މޮއީސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މި ނަތީޖާއެކު ވެސްޓްހޭމް ހަތަރުވަނައިގަ އޮތީ އާސެނަލްއަށް ވުރެ އެއްޕޮއިންޓު އިތުރަށް ހޯދައިގެން 24 ޕޮއިންޓާއެކުއެވެ. ރޭގަ މެޗު އެއްވަރުވުމުން ބްރައިޓަން 7 ވަނައިގަ އޮތީ ކުޅުނު 14 މެޗުން ހޯދި 19 ޕޮއިންޓާއެކުއެވެ.