ކުޅިވަރު

މެޑިސަންގެ ލަނޑުން ލެސްޓާ ބަލިނުވެ ސަލާމަތްވެއްޖެ


އިނގިރޭސި ލީގުގައި ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން ކާމިޔާބުކުރި ލަނޑުން ލެސްޓާ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ރަށުން ބޭރުގައި ލެސްޓާ ސިޓީ އެއްވަރުވީ ރަށުން ބޭރުގައި ސައުތުހެމްޓަންއާ ވާދަކޮށް 2-2 ލަނޑުންނެވެ. މެޗުގެ ތިންވަނަ މިނޓުގައި ސައުތުހެމްޓަންގެ ޖެން ބެނާކް ކާމިޔާބުކުރި ލަނޑުން ސައުތުހެމްޓަނުން ލީޑު ނެގިއިރު ޖޮނީއީވާންސް ވަނީ ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީ އަށް ނަތީޖާ ހަމަހަމަކޮއްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތުހަމްޓަންގެ ޗެއީ އެޑަމްސް ކާމިޔާބު ކުރި ލަނޑުން ލީޑު ނެގިއިރު ނަތިޖާ ލެސްޓާއިން ހަމަހަމަ ކުރީ ދެވަނަހާފްގައި ހަތަރުވަނަ މިނިޓުގައި ޖޭމްސް މެޑިސަންއެވެ.

މި ނަތީޖާއެކު ލެސްޓާ ސިޓީ ވަނީ ތާވަލުގައި 8 ވަނައިގައެވެ. ސައުތުހެމްޓަން އޮތީ 15 ޕޮއިންޓާއެކު 16 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނައަށް ވުރެ ޕޮއިންޓު ގާތް އަދަދެއެވެ.