އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗް ވެގެން ދިޔައީ ޔުނައިޓެޑްގެ ކޯޗް ކަމާއި މައިކަލް ކެރިކް ހަވާލުވިފަހުން ލީގުގައި އެޓީމް ކުޅުނު ފުރަތަމަ މެޗަށެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި ޗެލްސީގެ ކެޕްޓަން ޖޯޖީނިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖޭޑަން ސަންޗޯއެވެ. މިއީ އޭނާ ލީގުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުގައި ޗެލްސީއިން އެއްވަރުކުރި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.
މިމެޗް އެއްވަރު ވުމުން ޗެލްސީއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ ލިޑު މިހާރު ވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ. ޗެލްސީއަށް މިހާރު ލިބިފައިވަނި 13 މެޗުން 30 ޕޮއިންޓެވެ. އަދި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އުޅެނީ 29 ޕޮއިންޓްގައެވެ. އަދި ލިވަޕޫލް އުޅެނީ 28 ޕޮއިންޓްގައެވެ. ޔުނައިޓެޑް މިވަގުތު އޮތީ 18 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.