ކުޅިވަރު

ޓިކެޓް މިއަދު ހެނދުނުން ފެށިގެން ކޮންސިޔުލޭޓް އޮފީހުން ދޫކުރަނީ


ސާފް ސުޒުކީ ކަޕްގައި މިއަދު ބަނގްލަދޭޝްއާއި ދެކޮޅަށް ދިވެހި ޤައުމީ ޓީމް ކުޅޭ މެޗުގެ ޓިކެޓް ހެނދުނުން ފެށިގެން ކޮންސިޔުލޭޓް އޮފީހުން ދޫކުރާނެކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން ބުނެފިއެވެ. ކޮންސިޔުލޭޓް އޮފީހުން ބުނީ ހެނދުނު 9:30 ން ފެށިގެން ކޮންސިޔުލޭޓް އޮފީހުން މެޗު ޓިކެޓް ދޫކުރަމުންދާނެކަމަށެވެ.މީގެއިތުރުން މެޗުގެ ކުރިން ސްޓޭޑިއަމްއަށް ވަންނަ ގޭޓްތަކުން ޓިކެޓް ދޫކުރާނެކަމަށްވެސް ކޮންސުލް އަލީ އާދަމް ވަނީ ވިދާޅުވެފައެވެ. އިތުރު މައުލޫމާތު ސާފްކުރުމަށް 00919847702554 އަށް ގުޅުމަށް ކޮންސިއުލޭޓް އޮފީހުން އެދެއެވެ. ވީހާވެސް ގިނަ ދިވެހިން ދިވެހި ޓީމަށް ސަޕޯރޓްކުރުމަށް ދަނޑަށް ދިއުމަށްވެސް ކޮންސިއުލޭޓް އޮފީހުން އެދެއެވެ. ބަނގްލަދޭޝްއާއި ވާދަކުރާ މެޗު ފަށާނީ އިންޑިޔާ ގަޑިން 3:30 ގައެވެ.