ކުޅިވަރު

މާދަމާ ފުރުޞަތުތައް ބޭކާރެއް ނުކުރާނަން – އާއްކޮ


 މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭއިރު ލިބޭ ފުރުޞަތުތައް ބޭކާރުކޮށްނުލާނެކަމަށް ޒުވާން ފޯވާޑް އަހުމަދު އިމާޒު ބުނެފިއެވެ. މާދަމާގެ މެޗާއި ގުޅޭގޮތުން އިމާޒު ބުނީ މެޗުން ފައިބާނީ އިރާދަކުރެއްވިއްޔާ މޮޅޫވެގެންކަމަށާއި، ފުރުޞަތުތައް ބޭނުންކުރަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމަށެވެ." އެންމެ ބޮޑަށް އަޅުގަނޑުމެން ތައްޔާރުވާނީ ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފަން. ހަމަ ލިބުނު ބައިވަރު ފުރުޞަތުތައް ބޭކާރުކޮށްލެވުނީމަ. ފުރުޞަތުތަކުން މާދަމާ އިރާދަކުރެއްވިޔާ ލަނޑު ޖަހާނަން." އިއްޔެ ބޫޓާން ކޮޅަށް ފުރަތަމަ ލަނޑު ޖެހި ފޯވާޑް ބުންޏެވެ.އިމާޒް ބުނީ ފުރަތަމަ މެޗުގައި ފުރުޞަތުތައް ބޭނުން ނުކުރެވިދިޔަ ނަމަވެސް އެއީ އެހާބޮޑު މައްސަލައެއްކަމަށް ނުދެކޭ ކަމަށާއި އެކަން ތަކުރާރު ނުވާނެކަމަށެވެ." ފުރަތަމަ މެޗަށް ބަލާފަ އެއެއްޗިހިތައް ނުޖެހުނީމަ މާބޮޑުކަމެއް ނޫންކަންނޭންގެ އަޅުގަނޑު ދެކޭގޮތުގައި. ފުރަތަމަ މެޗާއި، އެދަނޑާއި ހުރިހާއެއްޗެއް ތަފާތުވާނެ. މާދަމާ މެޗުގައި ހުރިހާކަމެއް ތަފާތުވާނެ." ބޫޓާން މެޗުގައި މޮޅަށް ކުޅުނު ފޯވާޑް ބުންޏެވެ.އިމާޒްއާއި ހަމްޒާ ފަދަ ކުޅުންތެރިންގެ ކުޅުމަށް ޤައުމީ ކޯޗު ރިކީ ހާރބަޓް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.