ކުޅިވަރު

ދެމިއޮތުން ބިނާވަނީ ރާއްޖެ މެޗަށް – ބަނގްލަދޭޝް ކޯޗު


ސާފް ސުޒުކީކަޕްގައި މާދަމާ ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗަކީ ސަލާމަތާއި ގުޅިފައިވާ މުޙިންމު މެޗެއްކަމަށް ބަނގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްޤު ބުނެފިއެވެ. ރާއްޖެއާއި ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު އޮތް ޕްރެކްޓިސް ފެށުމުގެ ކުރިން އޭނާ ބުނީ މެޗުގެ މުޙިންމުކަން ދެޓީމަށްވެސް ބޮޑުކަމަށާއި، ރާއްޖެއަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއްކަމަށެވެ." ދެޓީމަށްވެސް މެޗު ވަރަށް މުޙިއްމު. ރާއްޖެ ސެމީއަށް ދިއުމަށް މެޗު މުޙިންމު. އަހަރެމެން ސަލާމަތްވާން އޮތީ މެޗުން މޮޅުވެގެން. ރާއްޖެއަކީ މޮޅު ޓީމެއް. ކުޅެން އުނދަގޫ ޓީމެއް. އަޝްފާޤް ފަދަ ހުނަރުވެރި މޮޅު ވަކިވަކި ކުޅުންތެރިން ތިބި ޓީމެއް. " ބަނގްލަދޭޝް ކޯޗު ބުންޏެވެ.ބަނގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި އިއްޔެ އަފްޣާނިސްތާނާއި ވާދަކޮށް 4-0 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެހެންކަމުން ސެމީއަށް ދިއުމަށް ރާއްޖެ ބަލިކުރުން އެޓީމަށް މަޖުބޫރެވެ. ރާއްޖެއާއި ބަނގްލަދޭޝް ވާދަކުރާ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން ތިނެއް ޖަހާއިރުއެވެ.އެމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.