ކުޅިވަރު

ކުރިއަށް އޮތް ދެ މެޗު މާ ވަރުގަދަވާނެ - އަފްޣާން ކޯޗު


ކުރިޔަށް އޮތް ދެ މެޗަކީ އަދި މާވަރުގަދަ ދެމެޗަށް ވާނެ ކަމަށް އަފްޣާނިސްތާނުގެ ކޯޗް ޕީޓަރ ސާޓް ބުނެފިއެވެ. ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ޕީޓަރ ބުނީ މިއަދުގެ މެޗުން މޮޅުވިނަމަވެސް ކުރިޔަށް އޮތް ދެމެޗަށް ވިސްނަން ޖެހޭކަމަށެވެ. މިއަދުގެ މެޗްވެސް ރަނގަޅު ފޯމަކަށް އެޅުނީ ލަޑެއް ޖެހުނު ހިސާބުން ކަމަށާއި އޭގެ ކުރިން ރަނގަޅަށް ކުޅުނީ ބަނގްލަދޭޝްކަމަށް ކޯޗު ބުންޏެވެ. ބަނގްލަދޭޝް ބަލިވިނަމަވެސް އެއީ ވަރުގަދަ ޓީމެއް ކަމަށް އަފްޣާންގެ ކޯޗް ޕީޓަރ ސާޓް ބުންޏެވެ. ބޫޓާނަށާއި ދިވެހިރާއްޖެއަށް އިޙްތިރާމް ކުރާކަމަށާއި އެދެޓީމާ ދެކޮޅަށްވެސް ނިކުންނާނީ ތިންޕޮއިންޓް ހޯދަންކަމަށް އޭނާ ބުންޏެވެ." ބަނގްލަދޭޝްއަކީ ބަލިވިނަމަވެސް ވަރަށް ވަރުގަދަ ޓީމެއް. މެޗް ފަށައިގެން ލަޑެއް ޖެހުމާ ހަމަޔަށްވެސް ބަނގްލަދޭޝްގެ ކުޅުންތެރިން މޮޅަށް ކުޅުނު. ނަމަވެސް އަފްޣާނިސްތާން ޓީމް ރަނގަޅު ފޯމަކަށް އެޅި ކުޅެލަން ފުރުޞަތު ލިބުނު. ދެން އޮތީ އަދި މިއަށްވުރެ ވަރުގަދަ ދެމެޗެ. ދިވެހިރާޢްޖެ ބޫޓާން. އެއްކޮޅުން ދިވެހިރާޢްޖެ މިވަނީ ތިންޕޮއިންޓް ހޯދާފަ. އެންމެ ހިތްހަމަޖެހޭ ކަމަކީ އެއްވެސް ކުޅުންތެރިއަކަށް އަނިޔާނުވެ ކާޑެއް ނުދައްކާ މެޗް ނިމުނީމަ. " އަފްޣާނިސްތާނުގެ ކޯޗް ޕީޓަރ ބުންޏެވެ.ބަނގްލަދޭޝްގެ ކޯޗް މައުރޫފުލް ޙައްޤު ބުނީ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ބައިކޮޅަށް ފުރަތަމަ ލަނޑެއް ވަނުން ކަމަށެވެ. މެޗަށް ނިކުތީ އަފްޣާނިސްތާނަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި، ބަނގަލްދޭޝްގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާކަމަށެވެ.އަފްޣާނިސްތާނާއި ބަނގްލަދޭޝް ބައްދަލުކުރި މެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އަފްޣާނިސްތާނެވެ. އަފްޣާނިސްތާނަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.