ކުޅިވަރު

ކޮންޓޭ ޓޮޓެންހަމާއި ހަވާލްވިފަހުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ


ކޯޗު އެންޓޯނިއޯ ކޮންޓޭ ޓޮޓެންހަމާއި ހަވާލްވިފަހުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.
މި މަހުގެ ކުރީކޮޅު ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލްވި ކޮންޓޭގެ އިރުޝާދުގެ ދަށުން ރޭ އެޓީމް މޮޅުވީ ރޭ ލީޑްސް ޔުނައިޓެޑާ ވާދަކޮށް ދޭއް އެކަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ޖެހީ ލީޑްސް ޔުނައިޓެޑުންނެވެ. މި ލަނޑު ޖަހައިދިނީ ޑެނިއެލް ޖޭމްސްއެވެ. ޓޮޓެންހަމުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެޓީމްގެ ދެ ލަނޑު ޖަހައިދިނީ ޕިއޭ-އެމީލް ހޮއިބިއޭ އަދި ސާޖިއޯ ރެގިލޯނެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ހަތްވަނައަށް ޖެހިލާފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗަށް ބަލާއިރު، ސިޓީންވަނީ ފަސޭހަކަމާއިއެކު އެވަޓަން ބަލިކޮށްފައެވެ. ތިނެއް ސުމަކުން އެޓީމް މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިންގ، ރޮޑްރީ އަދި ބެނާޑޯ ސިލްވާއެވެ. ސިޓީ މިވަގުތު އޮތީ ލީގުގެ ދެވަނައިގައި 26 ޕޮއިންޓާއިއެކުއެވެ. އެއްވަނައިގައި 29 ޕޮއިންޓާއިއެކު އޮތީ ޗެލްސީއެވެ.