ވިޔަފާރި

ބީއެމްއެލްގެ ބޭންކިންގ ސިސްޓަމްގެ ޚިދުމަތް މެދުކެނޑިއްޖެ


ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ސިސްޓަމްގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ. ބީއެމްއެލްއިން ވިދާޅުވީ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޙިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށެވެ.

ވީހާވެސް އަވަހަށް މިކަން ހައްލުކުރުމަށް ބޭންކުން މަސައްކަތްކުރަމުންދާކަމަށާ، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ އެންމެހައި ދަތިތަކަކަށްޓަކައި މަޢާފަށްއެދޭކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.