ޚަބަރު

މުޒާޙަރާތައް ހުއްޓުވުމަށް ހަރުކަށި ފިކުރުގެ ބޮޑެއް ޕާކިސްތާނުން ދޫކޮށްލައިފި


ނުރައްކާތެރި ހަނގުރާމަވެރިންގެ ލިސްޓުން ނަން އުނިކުރިކުރުމަށްފަހު ތަޙްރީކީ ލައްބައިކު ޕާކިސްތާނު، ޓީއެލްޕީގެ އިސްވެރިޔާ ސަޢުދު ޙުސައިން ރިޟްވީ ޖަލުން މިނިވަންކޮށްފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން ރިޟްވީ މިނިވަންކުރީ ފަރަންސޭސިވިލާތުގެ ސަފީރު ބޭރުކުރުމަށް ގޮވާލައި ޓީއެލްޕީ އިސްވެ އެ ޤައުމުގައި މުޒާހަރާކުރާތާ ހަފުތާތަކެއްވެފައިވަނިކޮށެވެ. ފަރަންސޭސިވިލާތުގެ ސަފީރު ޕާކިސްތާނުން ބޭރުކުރުމަށް ޓީއެލްޕީ އިސްވެ މުޒާހަރާކޮށްފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނެއް ފަރަންސޭސިވިލާތުގެ މަޖައްލާއަކުން ޝާއިރުކުރުމުންނެވެ. ރިޟްވީ މިނިވަންކޮށްފައިވަނީ މުޒާޙަރާތައް ހުއްޓުވުމަށް ޝަރުތުކޮށްފައެވެ.

ޕާކިސްތާނުގެ ސަރުކާރުން މީގެ ކުރިންވަނީ ޓީއެލްޕީއަށް ނިޞްބަތްވާ 2،000 މެންބަރުން ޖަލުން މިނިވަންކޮށް އެ ޖަމާޢަތަށް އިންތިޚާބުތަކުގައި ބައިވެރިވެވޭނެކަމަށްވެސް ކަނޑައަޅައިފައެވެ. ސުންނީ މުސްލިމު ޖަމާޢަތެއްކަމަށްވާ ޓީއެލްޕީއަކީ ޢާއްމުންގެ ބޮޑު ތާޢީދެއް އޮވެއެވެ. އަދި އެ ޖަމާޢަތުން އިންތިޒާމުކުރާ މުޒާޙަރާތަކުގައި އެތައް ސަތޭކަހާސް މީހުންނެއް ބައިވެރިވެއެވެ.