ޚަބަރު

މިޞްރާއި ޤަޠަރުން ގުޅިގެން ޣައްޒާއަށް އެހީވަނީ


ފަލަސްޠީނުގެ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުމަށް މިޞްރާއި ޤަޠަރުން އެއްބަސްވެއްޖެއެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ބުނީ މިޞްރާއެކު އެއްބަސްވެފައިވަނީ ޣައްޒާއަށް ބޭނުންވާ ތެލާއި އިމާރާތްކުރުމުގެ ސާމާނު ފޯރުކޮށްދިނުމަށްކަމަށެވެ. އަދި ސަރަޙައްދީ ސަލާމަތަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުން މުޙިއްމުކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިޞްރާއި ޤަޠަރުން އެއްބަސްވެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ދިން ވަރުގަދަ ޙަމަލާތަކުގައި ޢާއްމުންގެ 2،200 ގެ ބިމާއި ހަމަވެ އިތުރު 37،000 ގެއަށް ގެއްލުން ލިބިފައިވަނިކޮށެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ރައްދުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވެސްވަނީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ޔަހޫދީންނާއި ޙަމާސާ ދެމެދު ބަދަލުކުރި ޙަމަލާތައް ހުއްޓާލުމަށް އެއްބަސްކުރުވުމަށް މެދުވެރިއެއްގެ ދަޢުރު އަދާކޮށްފައިވަނީ މިޞްރުންނެވެ. އެ ގޮތުން ޙަމާސުން ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ ޣައްޒާ އާރާސްތުކުރުމަށް އެހީތެރިވާން ހުށަހެޅުމުންކަމަށް މިޞްރުންވަނީ ބުނެފައެވެ. ޣައްޒާ އާރާސްތުކުރުމަށް މިޞްރުންވަނީ 500 އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އެއްބަސްވެފައެވެ. އަދި ޤަޠަރުންވެސްވަނީ ހަމަ އެ ޢަދަދަށް ޚަރަދުކުރާނެކަމަށް ބުނެފައެވެ.