ޚަބަރު

ޝާ އަލޮމް މިއާ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި


އދ.ދަނގެތީގެ ވިޔަފާރިވެރިޔާ މަޙުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަޙްމޫދު އަބޫބަކުރު(57އ) މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 29 އަހަރުގެ މިހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާކަމަށެވެ. ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފިއެވެ. މަޙުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި އުޅޭ ބަންގްލަދޭޝަށް ނިސްބަތްވާ ޝާ އޮލަމް މިއާއެވެ.

މަޙުމޫދުގެ މަރާއި ގުޅިގެން އޭގެ އެއްދުވަސް ފަހުން ޝާ އަލޮމް މިއާ ހައްޔަރުކުކޮށް ފުލުހުން ފެށި ތަޙުޤީގުގައި މިހާރު ކުރިއަށްދަނީ ތަޙުޤީގު ފުރިހަމަކުރުމަށް ކުރަންޖެހޭ ފަހުގެ މަސައްކަތްތައްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތަޙުޤީގު މުޅިން ނިންމައި ދަޢުވާކުރަން އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވޭނެކަން ފުލުހުންވަނީ ހާމަކޮށްފައެވެ.

ދަނގެތީ ވެިޔަފާރިވެރިޔާ މަޙުމޫދުގެ މަރާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރީ އެރަށުގައި އުޅުނު އެހެން ދެމީހެއްގެ މައްޗަށެވެ. ނަމަވެސް، ފުލުހުން ފަހުން ވަނީ މިމައްސަލާގައި ބުނެފައި ވަނީ ޝާ އަލޮމް މިއާ ނޫން މިހަކު މަހުމޫދު މަރާލުމުގައި ބައިވެރިވިކަމަށް ނުބެލެވޭކަމަށެވެ. ޝާ އަލޮމް މިއާ މަހުމޫދަށް ހަމަލާދިންކަމުގެ ގިނަ ހެކިތަކެއް ފުލުހުންވަނީ ހޯދާފައެވެ.