ކުޅިވަރު

ހަމައެކަނި ނަތީޖާއަކަށް ގޮތްނުކިޔޭނެ، އަހަންނަށް ވަގުތު ދީ: މޮރިއޭރޯ


ސްރީލަންކާގައި މިހާރު ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ބަންގަލަދޭޝް އަތުން ބަލިވެ ރާއްޖެއިން މުބާރާތުގައި ކުރިޔަށްދާނެ އަމިއްލަ ބާރު ނެތަސް މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުގެ ނަތިޖާއަށް ގޮތެއް ނުކިޔޭނެ ކަމަށާއި ކަންކަން ރަނގަޅު ކުރަން އޭނާއަށް ވެސް ވަގުތު ބޭނުންވާކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މެޗުން ބަލިވުމުން ރާއްޖޭއަށް ވަނީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. މެޗަށްފަހު ވާހަދައްކަމުން މޮރިއޭރޯ ބުނީ ނަތީޖާއިން އެންމެ ބޭނުންވާ މަންޒަރު ނުފެނުނަމަވެސް ޤައުމީ ޓީމުން ދައްކަމުންދާ ކުޅުން ގޯސްނޫން ކަމަށެވެ. ޓީމު ކުރިއެރުން ހޯދާތަން އޭނާއަށް ފެންނަ ކަމަށާއި ފުރިހަމަ މަންޒަރެއް ފެނިގެން ދާނީ ހަމައެކަނި ނަތީޖާއެއް ނޫންކަމަށެވެ.

މޮރިއޭރޯ ބުނީ އޭނާ ހަވާލުވެ ހުއްޓާ ބަންގްލަދޭޝް އަތުން 18 އަހަރުފަހުން ބަލިވުމުން ދެރަވާކަމަށެވެ. އޭނާ ބުނީ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެންމެ ރަނގަޅަށް ކަމަށާއި މިމެޗުގައި ރަނގަޅަށް ކުޅެމުންދަނިކޮށް ބަލިވީކަމަށެވެ. މޮރިއޭރޯ ބުނީ ދެމެޗުން އެއްޕޮއިންޓު ރާއްޖޭއަށް ހައްގުނޫންކަމަށާއި އެއްވަރުވެ ރަނގަޅަށް މުބާރާތުގައި ރާއްޖެއިން ކުޅެފިކަމަށެވެ.

ހަމައެކަނި ނަތީޖާއަށް ބަލާނަމަ ގޯސްކަމަށާއި އެހެންނަމަވެސް ފުރިހަމަ މަންޒަރު ފެންނާނީ ހަމައެކަނި ނަތީޖާއަށް ބަލައިގެން ނޫންކަމަށްވެސް އިޓަލީގެ ޤައުމީޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. ގޮތްކިޔާނަމަ އެންމެ ވެސް ގޮތްކިޔަން ވާނީ މުޅިމަންޒަރަށް ބެލުމަށްފަހު ކަމަށް މޮރިއޭރޯ ބުންޏެވެ.

" އަހަރެމެންނަށް މަސައްކަތް ކުރެވިއްޖެ، ކުޅުން ގޯހޭކޭ އަހަރަމެންނަށް ނެތް ބުނެވެން އެހެންވެ މި ބުނަނީ މި ޓީމުން ކުރިއެރުންތަކެއް ހޯދާފިއޭ، އޮގޮތަށް ބަލާއިރު އަދި މި ފެންނަނީކީ މުޅި މަންޒަރެއް ނޫން." މިދިޔަމަހު ގައުމީ ޓީމުގެ ކޯޗުގެ ޒިންމާ ހަވާލުވި މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ މާގިނަވަގުތު ނުލިބި މުބާރާތާ ރާއްޖޭ ކުރިމަތިލި ނަމަވެސް ރަނގަޅު މަސައްކަތެއް ދައްކާލަން ޓީމާއެކު އޭނާއަށް ވަގުތު ބޭނުންވާކަމަށެވެ. އޭނާ ބުނީ ޓީމާ ހަވާލުވު މިވީ ކުރު މުއްދަތެއްގެ ތެރޭގައި ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ޓީމުގެ ކަންކަން ރަނގަޅު ކުރުމަށް ޓެކްނިކަލް ޓީމުވެސް ވަރަށްގިނަ ވަގުތު ހޭދަކުރާކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ދަނޑަށް ނުކުމެ ހަމަތިބެނީ ނޫންކަމަށާއި ދަނޑުމަތީގައި މަސައްކަތް ވެސް ކުރާކަމަށެވެ. މިވަގުތުގެ ނަތީޖާއެއް އެއްވެސް ކަމެއް ސާފުނުވާކަމަށް މޮރިއޭރޯ ބުންޏެވެ.

" އަހަންނަ ޓީމާއއެކު މަސައްކަތްތަކެއް ކުރެވިއްޖެ، އަހަރުމެން ހަމަ މި ތިބެނީކީނުން ދަނޑުމަތީގައި، އަހަންނަކަށް ހިޔެއް ނުވޭ އަހަރަމެންނަށް މި ކުރެވޭ މަސައްކަތާއި ދެވޭ މިސްރާބަށް ބަލާއިރު މުޅި މަންޒަރު ސާފުހެނެއް." މޮރިއޭރޯ ބުންޏެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ދެމެޗުން އެއްޕޮއިންޓް ލިބިފަވާއިރު ފަހުމެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ ސީޝޭލްސްއާ ދެކޮޅަށެވެ.