ޚަބަރު

ދިއްލީގެ ވައިގެ ތަޤައްޔަރުވާ މައްސަލަ ޙައްލުކުރުމަށް ޢަމުރުކޮށްފި


އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގެ ވައި ތަޤައްޔަރުވާ މައްސަލަ ޙައްލުކުރުމަށް އިންޑިޔާގެ ސުޕުރީމު ކޯޓުން އެ ޤައުމުގެ މައި ސަރުކާރަށް ޢަމުރުކޮށްފިއެވެ. އެ ކޯޓުން ނެރުނު ޢަމުރުގައި ބުނެފައިވަނީ ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަޤައްޔަރުވެފައިވާކަމަށާއި އެއީ މިހާރުން މިހާރަށް ޙައްލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށެވެ.

އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ވައި ތަޤައްޔަރުވަމުންދާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައި ސެންޓުރަލް ޕޮލިޔުޝަން ކޮންޓުރޯލް ބޯޑުންވަނީ ނިޔު ދިއްލީގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވުމަށް އަންގައިފައެވެ. އެ ވުޒާރާއިންވަނީ ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަޤައްޔަރުވެފައިވާކަން ފާހަގަކޮށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާޞްކޮށްފައެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ޙާލަތު އިތުރަށް ގޯސްވެ ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ނިޔު ދިއްލީއަކީ ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޤައްޔަރުވެފައިވާ ވެރިރަށެވެ. ޚާއްޞަކޮށް ފިނި މޫސުމައި ދިމާކޮށް ވައި ތެއްވުމުގެ ސަބަބުން ނިޔު ދިއްލީ ދިރިއުޅޭ 22 މިލިޔަން މީހުންނަށް ނޭވާލާން އުނދަގޫވެ ބޮޑެތި ޞިއްޙީ މައްސަލަތަކައި ކުރިމަތިލާން ޖެހެއެވެ. ނިޔު ދިއްލީގެ ވައި އިންތިހާއަށް ތަޤައްޔަރުވަނީ ކައިރި ސަރަޙައްދުތަކުގެ ދަނޑުބިންތައް ސާފުކުރުމަށް އަލިފާން ރޯކުރުމާއި ބޯޓުދެލިން ހިންގައި އިންޖީނުގެތަކުންނާއި ދުއްވައި އުޅަނދުތަކުން ބޭރުވާ ދުމުގެ ސަބަބުންނެވެ.