ކުޅިވަރު

ތާރީހު ބަދަލުކޮލަން ދިވެހިން ބަލިކުރަން ބޭނުން : ލެމޯސް


ސްރީލަންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕްގައި ރާއްޖޭއާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝްގެ ފުޓްބޯޅައަށް ކަމެއް ކޮއްދޭބޭނުން ކަމަށާއި ތާރީހައްޓަކައި ރާއްޖޭ އަތުން މޮޅެއް ބޭނުންވާކަމަށް ބަންގްލަދޭޝްގެ ޓީމުގެ ކޯޗު މާރިޔޯ ލެމޯސް ބުނެފިއެވެ.

ރާއްޖޭގެ މެޗުގެކުރިން ވާހަކަދައްކަމުން ލެމޯސް ބުނީ ބަންގްލަދޭޝްއިން ރާއްޖަ އަތުން މޮޅުނުވާތާ ޒަމާން ތަކެއް ވެއްޖެކަމަށާއި އެކަމަށް ނިމުން ގެންނަން ބޭނުންވާކަމަށެވެ. 18 އަހަރުފަހުން ރާއްޖެ އަތުން މޮޅެއް ހޯދުން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލްކުރާކަމަށެވެ. އޭނާ ބުނީ މިއީ އެކަން ކުރަން ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި އޭނާގެ އަމިއްލަ ޓާގެޓެއްގެ ގޮތުގައި ވެސް އެކަން ކުރަން ބޭނުންވާކަމަށެވެ.

ބަންގްލަދެޝްގެ ކޯޗު ބުނީ ސީޝޭލް މެޗަށްވުރެ ރާއްޖޭގެ މެޗު މާބޮޑަށް ވެސް ފައްސޭހަވެގެންދާނެކަމެށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ޓީމަކީ އޭނާއަށް އެނޣޭ ފަރިތަ ޓީމަކަށްވުން ކަމަށް ކޯޗު ބުނިއެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް އޭނާއަށް ފެންނީ ވަރަށް ފައްސޭހަ މެޗެއްގެ ގޮތުގައި ކަމަށް ލެމޯސް ބުނިއެވެ.

ފުރަތަމަ މެޗުން މޮޅުނުވުމުން ރާއްޖޭއާ ދެކޮޅަށް ނުކުންނަނީ އުނދަގޫ ހާލަތަކު އޮވެ ކަމަށް ލެމޯސް ބުނިއެވެ. ޕޯޗުގަލްގެ ލެމޯސް ބުނީ ޓީމުކުޅުންތިރެން އެކުވި ތިބީ ރާއްޖެ އަތުން މޮޅުވޭވެނެކަމުގެ އަޒުމުގަކަމަށެވެ.

" ފުޓްބޯޅައިގަ ކޮންމެ ނަތީޖާއެއް ނުކުމެދާނެ، ރާއްޖެ ކުޅޭ ސްޓައިލުގެ ގޮތުން އަހަރަމެންނަށް ފައިދާތަކެއް ނެގިދާނެ، ކިތައް އަހަރުތަ ރާއްޖެ އަތުން މޮޅެއް ނުލިބޭތާ ތާރިހައްޓަކައިވެސް މި ފަހަރު އެކަން ކުރަން ބޭނުން." ކުރިން ޑާކާ އަބަހާނިގެ ކޯޗެއްގެ ގޮތުގައި ހުރި ލެމޯސް ބުނިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ބަންގަލަދޭޝްގެ ޓީމުގެ ކެޕްޓަން ޖަމާލް ބުންޔާ ބުނީ ޓީމަށް ކޮންމެވެސް ހާއްސަކަމެއް މިމެޗުން ހާސިލްކުރަން ބޭނުންވާކަމަށާއި އެންމެފަހުން މާލޭގައި ބަލިވިނަމަވެސް މިއީ މުޅިން ތަފާތުމެޗެއް ކަމަށްވާނެކަމަށް ޖަމާލް ބުނިއެވެ. އޭނާ ބުނީ ވަރަށް ރީތީ އެޓޭކިން ފުޓްބޯޅައެއް މި މެޗުގައި ފެނިގެންދާނެކަމުގައި ގަބޫލްކުރެވޭކަމަށެވެ.

ބަންގަލަދޭޝްގެ ލީގުގައި ކުޅެމުންދާ އެ ގައުމުގެ ކެޕްޓަން ބުނީ މިމެޗަކީ ބަންގަލަދޭޝްއަށް ލިބިގެންދާނެ މުޅިން އާ ފުރުސަތެއް ކަމަށާއި ދަނޑުމަތީގައި ދެޓީމަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް ކަމަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅެންޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް ޖަމާލްބުނިއެވެ.

" އަހަރެނ ބޭނުން މިހާރު މިއޮތް ޓީމާއެކު ތަފާތު ނަތީޖެއް، އަހަރެމެން ކުޅުންތެރިނންގެ އެބަހުރި އެފެންވަރު، އަހަރަން އުންމީދު ކުރަން ރަނގަޅު މެޗެއް ފެނިގެން ދާނެކަމަށް، ދެޓީމަކީވެސް އެޓޭކަށް ވިސްނައިގެން ކުޅެ ދެޓީމު." ޖަމާލް ބުނިއެވެ.

މުބާރާތުގައި ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަށް ފަހުވަގުތުގައި ސީޝޭލްސް އަތުން އެއްވަރުވެފައެވެ.