ވ.އަތޮޅު ކައުންސިލް އިދާރާ 'ޒަމާނީ ހިންގުމަށް" ބަދަލުކުރުމާއި، ވ.އަތޮޅު ކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ވ.އަތޮޅު ކައުންސިލް އިދާރާ 'ޒަމާނީ ހިންގުމަށް" ބަދަލުކުރުމާއި، ވ.އަތޮޅު ކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ވ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްުުޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އިމްތިޔާޒެވެ.
މި ރަސްމިއްޔާތުގައި ވ.އަތޮކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވ.ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމްއެވެ.
ވ.އަތޮޅު ކައުންސިލްގެ އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމަށް މި ގެނެވުނު ބަދަލުތަކަށް ހާއްސަކޮށްގެން ހިންގުނު "ބްރޭންޑިންގ" މަސައްކަތްތަކުގައި، ކައުންސިލް އިދާރާގެ ރަސްމީ ލިޔެކިޔުންތައް ޒަމާނީގޮތަށް ފަރުމާކޮށް، ވ.އަތޮޅު ކައުންސިލްގެ "ކޯރޕަރޭޓް އިމޭޖު" ދައްކުވައިދިނުމަށް ބޭނުންކުރާނެ ތަފާތު އުފެއްދުންތައް ވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން މުވައްޒަފުންގެ ކާޑައި ކޯރޕަރޭޓް ޔުނިފޯމާއި އިދާރާއިން ބޭރުގައި ހިންގާ ޙަރަކާތްތަކުކައި ބައިވެރިވާއިރު ބޭނުންކުރާނެ ޔުނިފޯމާއި ޕްލާސްޓިކް ފުޅީގެ ބަދަލުގައި އިދާރާގައި ބޭނުންކުރާނެ ފެންފުޅި ފަދަ ތަކެތި އިފްތިތާޙްކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވ.އަތޮޅު ކައުންސިލް ރައީސް ޝުޖާޢު ޢަލީ ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާގެ އިދާރީ ހިންގުމަށް މި ގެނެވޭ ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް، ހަލުވިކޮށް، ކައުންސިލްގެ ނިޒާމު ހިންގުމުގައި ވ.އަތޮޅުން ނަމޫނާ މަސައްކަތްތަކެއް ކުރުންކަމަށް ވިދާޅުވިއެވެ. އަދި ވ. އަތޮޅު ކައުންސިލް ދެމި އޮންނާނީ ތަފާތު ދައްކައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ރަށްރަށަށް ގެނެސްދިނުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރާ ނަމޫނާ ކައުންސިލެއްގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވިގެން ދިޔަ އަތޮޅު ކައުންސިލްގެ ސާރވިސް ޗާރޓަރަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މިންގަނޑުތަކާއި މުއްދަތާއި މި ޚިދުމަތްތައް ހޯއްދެވުމަށް އާއްމުން ޢަމަލުކުރައްވަންވީ ގޮތް ބަޔާންކުރާ ލިޔުމެކެވެ. މި ޗާރޓަރ ރަސްމިއްޔާތުގައި ހުށަހަޅުއްވައިދެއްވީ ފެލިދެއަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މަޖީދު ޢަބްދުލްޢަނީއެވެ.
މި ރަސްމިއްޔާތުގައި ފެލިދުއަތޮޅު ކައުންސިލްތަކުގެ ރައީސުން، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ޒިންމާދާރުވެރިނާއި އަދި ވ.ފެލިދޫގެ ސަރުކާރުގެ އިދާރާތަކުގެ ވެރިން އަދި ވ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވިއެވެ