ޚަބަރު

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި


ޒުވާނަނު ބްލެކްމެއިލްކޮށް ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ބަޔަކު މީހުން ގުޅިގެން ބެލެކްމެއިލްކޮށް ފައިސާހޯދަން މަސައްކަތްކުރީ 27 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ.

އެފިރިހެން މީހާ ބެލެކްމެއިލްކޮށް، ބިރުދައްކައި، ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމުގެ މައްސަލަ ހުށައަޅާފައިވަނީ ރޭ މެންދަމު 3:49 އެހާއިރުކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭއީ ތެރޭގައި، 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އަދި މިމައްސަލަަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.