ދީން

މަސްޖިދުލް އަޤްޞާގެ އިމާމް ރާއްޖެ ވަޑައިގެންފި


މަސްޖިދުލް
އަޤްޞާގެ އިމާމް ފަޟީލަތުއްޝައިޚް ޢަލީ ޢުމަރު ޔަޢުޤޫބް ޢައްބާސް ރާއްޖެ
ވަޑައިގެންފިއެވެ.ރާއްޖެއަށް
ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިމާމް ފަޟީލަތުއްޝައިޚް ޢަލީ ޢުމަރު ޔަޢުޤޫބް
ޢައްބާސް ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އިމާމްގެ މިދަތުރުފުޅުގައި
ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް
މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.އަދި
ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުން މިއަދު ހަވީރު އޮންނާނެ ކަމަށްވެސް
އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އިމާމް ފަޟީލަތުއްޝައިޚް ޢަލީ ޢުމަރު
ޔަޢުޤޫބް ޢައްބާސްގެ ޚާއްޞަ ދަރުސެއް މާދަމާރޭ މަޣްރިބް ނަމާދަށްފަހު
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި ބޭއްވުމަށް ވަނީ
ހަމަޖެހިފައެވެ.