ޚަބަރު

2 އަހަރުގެ ކުއްޖެއް މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ


ކ. ގުރައިދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު މޫދުގައި މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މޫދުގައި މަރުވެފައި އޮތްވާ ފެނުނީ، އެ ކުއްޖާގެ މަންމަ އަތިރިމަތީގައި އިނދެ އެ ކުއްޖާ އަށް ކާން ދިނުމަށް ފަހު، ގެއަށް ތަށި ލާން ވަދެފައި ނިކުތް ވަގުތު ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ. މެންދުރެއްހާއިރު ހިނގި މި ހާދިސާގައި ކުއްޖާ މަރުވި ކަމަށް ބެލެވެނީ ގެނބިގެން ކަމަށްވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ގުރައިދުއިން މައުލޫމާތު ދިން މީހާ ބުނިގޮތުގައި އެ ކުއްޖާއަކީ އެ ރަށު އުތުރު ފަރާތުގައި މޫދާ ކައިރީގައި ހުންނަ ގެއެއްގެ ކުއްޖެކެވެ. އަދި އެކުއްޖާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ..