ކުޅިވަރު

ހާޖީގެ ލަނޑުން ރޭންޖާސް އެއްވަރުވެއްޖެ


ޔޫރަޕާލީގުގައި ސްކޮޓްލޭންޑްގެ ރޭންޖާސްގެ ލެނިސް ހާޖީ ކާމިޔާބުކުރި ލަނޑުން އެއްވަރުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅެ ޑެންމާކުގެ ބޮރޯންބައި އައިއެފްއާ ވާދަކޮށް ރޭންޖާސް އެއްވަރުވީ 1-1 ލަނޑުންނެވެ.

ލިޔޯން ބަލޯގަން އަތުން ބައިކޮޅަށް ވަތްލަނޑުން ބްރޮންބައިއަށް ލީޑް ލިބިގެންދިޔައިރު ރޭންޖާސް އެއްވަރުކުރީ ހާޖީ ކާމިޔާބުކުރި ލަނޑުންނެވެ. މި ނަތީޖާއެކު ރޭންޖާސް އާއި ސްޕާޓާ މޮސްކޯ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ދެމެޗު ބާކީ އޮތްވައި މުބާރާތުގެ ދެވަނަ ބުރުން ލިޔޯން ވަނީ ޖާގަ ހޯދާފައެވެ. މުބާރާތުގެ ޕްލިމިނަރީ ބުރަށް ދިޔުމުގައި ރޭންޖާސްއާ ސްޕާޓާ ފުރުސަތު އޮތްއިރު ޕްރިލިމިނަރީ ބުރުގައި ވާދަކުރާނީ ޗެމްޕިއަންސްލީގު ގުރޫޕުގެ ތިންވަނައަށްދާ ޓީމުތަކާއެވެ.

ޔޫރަޕާ ލީގުގެ ގުރޫޕިގެ ތިންވަނައަށްދާ ޓީމުތަށް ވާދަކުރާނީ ޔޫރަޕާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ލިބިގެން ދާނެއެވެ.