ކުޅިވަރު

ލެސްޓާ އެއްވަރުވެ ގުރޫޕުގެ ތިންވަނައަށް ވެއްޓިއްޖެ


ޔޫރަޕާ ލީގުގައި އިނގިރޭސި ކުލަބު ލެސްޓާ ސިޓީ އެއްވަރުވެ ގުރޫޕުގެ ތިންވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ ލެސްޓާ ސިޓީ އެއްވަރުވީ ރަޝިޔާގެ ސްޕާޓާ މޮސްކޯއާ ވާދަކޮށް 1-1 ލަނޑުންނެވެ.

ޗެލްސީގެ ކުރީގެ ފޯވާޑް ވިކްޓަރ މޮސެސް ކާމިޔާބުކޮށްދިން ލަނޑުން ސްޕާޓާއިން ލީޑު ނެގި ނަމަވެސް އެ ލީޑުގައި ދެމި އޮންނަ ގޮތްވީ 7 މިނެޓާހަމަޔަށެވެ. ސްޕާޓާއިން ލަނޑުޖެހިތާ މާގިނައިރެއް ނުވަނީސް ޑެނިއަލް އަމާޓީ ވަނީ ލެސްޓާ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގައި 75 ވަނަ މިނެޓުގައި ލެސްޓާ ސިޓީއަށް ވަނީ ލީޑުނަގަން ފުރުސަތު ލިބި ބޭކާރުވެފައެވެ.

ލެސްޓާ ސިޓީގެ ޖިމީ ވާޑީ ޖެހި ޕެނަލްޓީ އެލެކްސެންޑަރ ސެލިކޯވް ވަނީ ދިފާއުކޮށްފައެވެ. ރޭގެ ނަތިޖާއެކު މި ގުރޫޕުގައި ހިމެނޭ ނަޕޯލީ މޮޅުވުމުން ލެސްޓާ ސިޓީވަނީ ތިންވަނައަށް ވެއްޓިފައެވެ. ލެސްޓާ ތިންވަނައިގައި އޮތީ ގުރޫޕުގެ ކުރީގައިވާ ނަޕޯލީއަށް ވުރެ ދެޕޮއިންޓު ފަހަތުން 5 ޕޮއިންޓާއެކުއެވެ. ގުރޫޕުގެ ދެވަނައިގަ އޮތީ ޕޯލެންޑްގެ ލެގިއާ ވާސޯއެވެ. ވާސޯ ދެވަނާއިގަައި އޮތީ 6 ޕޮއިންޓާއެކުއެވެ. ގުރޫޕުގެ ފުލުގައި އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ސްޕާޓާ މޮސްކޯއެވެ.