ކުޅިވަރު

އިންޓަ މިލާން މޮޅުވެ ގުރޫޕުގެ ވާދަވެރިކަން ބޮޑުވެއްޖެ


ޔޫއެފާ ޗެމްޕިއަސްލީގުގައި އިޓަލީގެ އިންޓަމިލާން މޮޅުވެ ގުރޫޕު ފޯރިގަދަވެއްޖެއެވެ.

މެޗުގެ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން އިންޓަމިލާން މޮޅުވީ ރަށުން ބޭރުގައި މޯލްޑޯވާގެ ޝެރިފް ޓްރެސެޕޯލްއާ ވަދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. އިންޓާމިލާނުގެ ފުރަތަމަ ލަނޑު ދެވަނަހާފް ފަށައިގެން މާގިނަ އިރެއް ނުވަނީސް ކާމިޔާބުކުރީ މާސެލޯ ބްރޮޒޮވިޗާއެވެ. ދެން އިންޓަމިލާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މިލާބް ސްކްރީނާއެވެ. އިންޓަމިލާނުގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

މި މުބާރާތުގައި ސަންޗޭޒް އެންމ ފަހުން ލަނޑެއް ޖަހައިފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ޝެރިފްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ސެބަސްޓިއަން ތިލް ދިން ބޯޅައަކުން އަޑަމާ ޓްރައޯރޭ އެވެ. މި ނަތީޖާއެކު ހަތަރު މެޗުން 9 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އިންޓަމިލާން އޮތީ ދެވަނައިގަ 7 ޕޮއިންޓާއެކުވެ. ތިން ވަނައިގައި ޝެރިފް އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ތިން ވަނައިގައެވެ. އެންމެ ފުލުގައި އޮތް ޝަހުތަރަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.