ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން 2-1 ލަނޑުން ރެއާލްމެޑްރިޑުން ގުރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލުގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ޝަހުތަރު ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ބްރެޒިލްގެ ވިންގް ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުން ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. މިއީ ރެއާލުން ޗެމްޕިއަންސް ލީގުގައި ޖެހި ތާރީޚީ 1000 ވަނަ ގޯލެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލަކީ މުބާރާތުގެ ތާރީހުގައި 1000 ގޯލު ޖެހި ފުރަތަމަ ޓީމެވެ. ދެ ވަނައިގައި އޮތީ 768 ގޯލު ޖެހި ބަޔާން މިއުނިކެވެ. ތިން ވަނައިގައި އޮތީ 655 ގޯލު ޖަހާފައިވާ ބާސެލޯނާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަހުތަރުން އެއްވަރުކުރިއެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ޝަހުތަރުގެ މި ގޯލު ޖެހީ ފެނާންޑޯއެވެ. އޭނާ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލަންއެވެ. މެޗުގެ 61 ވަނަ މިނިޓްގައި ބެންޒިމޭ މި ގޯލު ޖެހީ ވެސް ވިނީޝިއުސް ދިން ބޯޅައަކުންނެވެ. މި ސީޒަނުގައި ރެއާލްގެ އެޓޭކްގައި އެންމެ ކޮމްބިނޭޝަން ރަނގަޅު ދެ ކުޅުންތެރިންނަކީ ވިނީޝިއުސް އާއި ބެންޒިމާއެވެ. ބެންޒެމާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 14 މެޗުން 13 ގޯލު ޖަހައިފައެވެ.
މި ނަތީޖާއެކު ހަތަރު މެޗުން 9 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. ރޭގައި މި ގުރޫޕުގެ އިންޓަމިލާން ހޯދި ކާމިޔާބާ އެކު އެޓީމު އޮތީ ދެވަނައިގައެވެ. ތިން ވަނައިގައި ޝެރިފް އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ތިން ވަނައިގައެވެ. އެންމެ ފުލުގައި އޮތް ޝަހުތަރަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.