ކުޅިވަރު

ބޭލް އަލުން ގައުމީ ޓީމަށް


ރެއާލް މެޑްރިޑްގެ ފޯވަޑް ގެރެތު ބޭލް ވޭލްސްގެ ގައުމީ ޓީމަށް ނަގައިފިއެވެ.

ވޯލްޑް ކަޕްގެ ކޮލިފައިންގައި ބެލާރޫސް އާއި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ބޭލް ހިމެނުމުން، އޭނާ އަށް ވަނީ ވޭލްސްގެ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމުގެ ފުރުސަތު ލިބިފައެވެ. ވޭލްސްގެ ގައުމީ ޓީމަށް 99 މެޗު ކުޅެފައިވާ ބޭލް އަށް އަނިޔާގެ ސަބަބުން އޮކްޓޯބަރު މަހު ވޭލްސް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ނުކުޅެވުނެވެ. އެސްޓޯނިއާއާ ދެކޮޅަށް ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ވޭލްސް ކުޅުނު މެޗަށް ފަހު، ބޭލް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

މިފަހަރު ޔުވެންޓަސްގެ މިޑްފީލްޑަރު އާރޮން ރަމްސީ ވެސް ވަނީ ވޭލްސްގެ ސްކޮޑުގައި ހިމަނައިފައެވެ.