ކުޅިވަރު

ލަންކާ ބަލިކޮށް ދެކުނު އެފްރިކާއިން އުންމީދު އާކޮށްފި


މިހާރު ކުރިޔަށްދާ ޓީ20 ކުރިކެޓް މުބާރާތުގައި ސްރީލަންކާ ބަލިކޮށް ދެކުނު އެފްރިކާއިން މުބާރާތުގެ ސެމީފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ޝަރްޖާގައި ކުޅުނު މެޗުން ލަންކާ އަތުން ދެކުނު އެފްރިކާ މޮޅުވީ 4 ވިކެޓުގެ ތަފާތުންނެވެ. ލަންކާއިން ކުޅެންއަރާ 20އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. މިމެޗުގައި ލަންކާގެ ވަނިންދު ހަސަރަންގާ ވާނީ ދެވިކެޓުން ހެޓްރިކް ހަދާފައެވެ. މެޗުގައި ލަންކާއިން އެންމެ ރަނގަޅަށް ކުޅުނީ 58 ބޯޅައިން 72 ލަނޑު ހެދި ޕަތުމް ނިސަންކާއެވެ. ދެކުނުއެފްރިކާއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 46 ބޯޅައިން 46 ލަނޑު ހެދި ތެމްބާ ބަވުމާއެވެ.

މި މޮޅާއެކު ދެކުނު އެފްރިކާއިން ވަނީ މުބާރާތުގެ ސެމީފައިނަލަށް ދިޔުމުގެ އުންމީދުއާކޮށްފައެވެ. މި މެޗުން އަދި ބަލިވިޔަސް މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ލަންކާއަށް ނުގެއްލެއެވެ.

މުބާރާތުގެ ސެމީގެ އުންމީދު އާކުރުމަށް ލަންކާ ކުރިޔަށް އޮތް އިންގްލޭންޑް މެޗުން މޮޅުވާން ޖެހެއެވެ.