ކުޅިވަރު

ކްލޯން އަތުން ޑޯޓްމުންޑް މޮޅުވެއްޖެ


ޖަރުމަނު ބުންޑަސްލީގާގައި ތާވަލުގެ ކުރީގައި އޮތް ބްރޫޝިޔާ ޑޯޓްމަންޑުން ކްލޯން އަތުން މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑް މެޗު ކާމިޔާބުކުރީ ކުލޯންއާ ވާދަކޮށް 2-0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަހާފްގައި ތޯގަން ހަޒާޑްގެ ލަނޑުން ލީޑު ނެގިއިރު ޑޯޓްމުންޑަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ސްޓެފަން ޓިގަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޓިގަސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ނަތީޖާއާއެކު ލީގުގައި ޑޯޓްމުންޑް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއެކު ޑޯޓްމުންޑުން ވަނީ ލީގުގެ ދެވަނަ ދަމަހަށްޓައިފައެވެ.

އެއްވަނައިގަ ބަޔާން އޮތީ 25 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑޯޓްމުންޑް އޮތީ 24 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގަ ފްރެއިބާގް އޮތީ 22 ޕޮއިންޓާއެކުއެވެ. ބަޔާ ލެވަކޫސަން ހަތަރުވަނައިގައި އޮތީ 17 ޕޮއިންޓާއެކުއެވެ.