ކުޅިވަރު

އަލްވޭސް އަތުން ބާސާ އެއްވަރުވެ އަގުއޭރޯއަށް އަނިޔާވެއްޖެ


ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅެ އަލްވޭސް އަތުން އެއްވަރުވެއްޖެއެވެ. އަލްވޭސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު މެޕިސް ޑީޕޭ ކާމިޔާބުކޮށްދިން އިރު އޭގެ ދެމިނިޓުފަހުން އަލްވޭސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލުއިސް ރިއޯޖާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ މެޔަށް އަނިޔާވެ އެންބިއުލާންސްގައި ވަގުތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. ކުޅުންތެރިޔާގެ ހާލަތާ ގުޅޭގޮތުން ބާސާއިން ބުނެފައިވަނީ އެޑްމިޓް ކުރީ އުތުރު ޓެސްޓްތަކެއް ހަދަންކަމަށެވެ. މިއީ އަގުއޭރޯ ބާސެލޯނާގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

މިއީ ބާސެލޯނާގެ 37،000 ސަޕޯޓަރުން ކުރިމަތީގައި ބާސެލޯނާގެ ދަނޑުގައި ވެސް އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީގައި 10 އަހަރު ހޭދަކުރުމަށް މި ސީޒަންގައި ބާސާ ގުޅުނު އަގުއޭރޯ ވަނީ ސިޓީއަށް ކުޅުނު 390 މެޗުން 260 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗުގައި ބާސެލޯނާއަށް އިރުޝާދު ދީފައިވަނީ ވަގުތީ ކޯޗު ސާޖީ ބާހުއަންއެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ބާސާގެ ދަނޑުގައި އަލެވޭސް ހޯދި ފުރަތަމަ ޕޮއިންޓެވެ.

މި ނަތީޖާއާއެކު ބާސެލޯނާ 9 ވަނާއިގައި އޮތީ އެއްވަނާގައިވާ ރެއާލް މެޑްރިޑަށް ވުރެން 8 ޕޮއިންޓް ފަހަތުން 16 ޕޮއިންޓާއެކުއެވެ.