ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންގައި ބޮޑު ތަފާތަކުން ގަތަރު ވެސް ލަންކާ ބަލިކޮށްފި


23 އަހަރުން ދަށުގެ އޭޝިޔަން ކަޕް ކޮލިފައިންގައި ލަންކާ ކުޅުނު ދެވަނަ މެޗުވެސް ލަންކާ ބަލިވެއްޖެއެވެ. ދެވަނަ މެޗުން ލަންކާ ބަލިވީ ގަތަރު އަތުން 5-0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ގަތަރު ޑޮމިނޭޓް ކޮށްގެން ކުޅުނު މެޗުގައި ލަންކާއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލަންކާއިން މެޗުގައި ގަތަރުގެ ޑިފެންސްލައިނަށް މާބޮޑު ޕްރެޝަރެއް ނުދެވުނުއިރު ގަތަރުގެ ކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް ވެސް ވަނީ ފޮނުވާ ނުލެވިފައެވެ. މެޗުގެ ފުރަތަމަހާފްގައި ގަތަރުން ވަނީ 2 ލަނޑުޖަހާ ލީޑް ނަގާފައެވެ.

ފުރަތަމަ މެޗުގައި ސީރިޔާ އަތުން ވެސް ލަންކާއިން ވަނީ ހަމަ މިނަތީޖާއިން ބަލިވެފައެވެ. ކުޅުނު ދެމެޗުން ކޮޅަށް ވަތް 10 ލަނޑާއެކު މިގުރޫޕުން އިތުރަށް ކުރިޔަށް ދިޔުމަށް ލަންކާއިން ވަނީ ފުރުސަތު ބަންދުވެފައެވެ. މިގުރޫޕްގައި އިއްޔެ ޔަމަނާއި ސީރިޔާ ވާދަކުރި މެޗު އެއްވަރުވުމުން ޔަމަނަށް ވެސް ވަނީ ގުރޫޕުގައި އޮޓެމެޓިކް ކޮލިފައިން ޖާގަ ހޯދަން އުނދަގޫވެފައެވެ. އިއްޔެ ޔަމަނު އަތުން އެއްވަރުވުމުން ސީރިޔާ ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނާގައިއެވެ.

ގުރޫޕުގެ އެއްވަނައިގަ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ގަތަރު އޮތްއިރު ޔަމަނަށް ދެމެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. ދެން މިގުރޫޕުގައި އޮންނާނީ ސީރިޔާ އާއި ގަތަރުގެ ކުރިމަތިލުމެވެ.