ކުޅިވަރު

ރެންޖާސް އެއްވަރުވެ ފަރަގު ކުޑަވެއްޖެ


ސްކޮޓިޝް ޕްރމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ރޭންޖާސް އެއްވަރު ލީގުގެ ކުރީގައި ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރޭންޖާސް އެއްވަރުވީ އެބަރޑީން ވާދަކޮށް 2-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެލަނޑުޖަހައި، ލީޑުނެގީ އެބަރޑީންނުންނެވެ. ކްރިސްޓިއަން ރަމިރޭޒް އާއި ސްކޮޓް ބްރައޮންގެ ލަނޑުތަކުން ދެލަނޑުގެ ލީޑެއްގައި ކުރި ހޯދި އިރު އޭގެ ހަތަރު މިނުޓުފަހުން އަލްފަރެޑޯ މޮރެލެސް ކާމިޔާބުކުރި ލަނޑުންނެވެ. ރޭންޖާސް މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހައިދިނީ މެޗު ނިމެން 9 މިނިޓަށްވެފައި ވަނިކޮށް ޖޭމްސް ޓަވާނިޔާ ކާމިޔާބުކުރި ލަނޑުންނެވެ. އެންމެފަހުން މި ދެޓީމު ވާދަކުރި 9 މެޗުން ރޭންޖާސް ބަލިވެފައެއް ނުވެއެވެ.

ރޭގައި ލީގުގައި ރަށުން ބޭރުގައި ސެލްޓިކް މޮޅުވީ ހއިބާނިއަންއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ތިންލަނޑު ޖަހާފަ ވަނިކޮށް ހައިބާނިންއިން ލަނޑު ކާމިޔާބުކުރީ ހާފްނިމުމުގެ ކުރިންނެވެ. ނަތީޖާއެކު ރޭންޖާސް އެއްވަނައިގަ އޮތީ 24 ޕޮއިންޓާއެކުއެވެ. ރޭންޖާސްއަށް ވުރެ ދެ ޕޮއިންޓު މަދުން ހޯދައިގެން ދެވަނައިގަ އޮތީ ސެލްޓިކްއެވެ.