ކުޅިވަރު

ކަރަބާއޯ ކަޕްގެ ގަދައަށަކަށް ޓޮޓެންހަމް


އިނގިރޭސި ލީގުކަޕް ފުޓްބޯޅަ މުބާރާތުގެ ގަދައަށަކުން ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ. ރަށުން ބޭރުގައި ޓޮޓެންހަމް މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ޓަފްމޫރްގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ލޫކަސް މޯރާއެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހެރީކޭން އަށް ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތު ވަނީ ބޭކާރުވެފައެވެ. އޭގެފަހުން ޓޮޓެންހަމްގެ ލޮސެލްސޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ލީގުގައި ވެސްޓްހަމް އަތުން ބަލިވި މެޗަށްފަހު ރޭގެމެޗުގައި ޓޮޓެންހަމުން ވަނީ 6 ބަދަލު ގެނެސްފައެވެ. މިއީ ދެމެޗަށްފަހު އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. މުބާރާތުގައި ކުއާޓާފައިނަލުގައި ޓޮޓެންހަމް ވާދަކުރާނެ ޓީމެއް ޔަގީންވާނީ އަންނަ ހޮނިހިރު ދުވަހު އޮންނަ މުބާރާތުގެ ގަދަ އަށެއްގެ ގުރުއަތުލުމަށް ފަހުއެވެ. އެދުވަހު ލީގުގައި ޓޮޓެންހަމް ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އަދި ބާންލީ ނުކުންނާނީ ބްރެންފޯޑާ ދެކޮޅަށެވެ.