ކުޅިވަރު

ލަންޑަނުގެ ވާދަވެރި ދެކުލަބުގެ ކުރިމަތިލުން ވެސްޓްހޭމަށް


އިނގިރޭސި ލީގުގައި، ލަންޑަނުގެ ވާދަވެރި ދެ ކުލަބުކަމަށް ވެސްޓްހޭމް އާއި ޓޮޓެންހަމް ވާދަކުރި މެޗު ވެސްޓްހޭމް ކާމިޔާބުކޮށް ތާވަލުގެ ހަތަރު ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ވެސްޓްހޭމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ވެސްޓްހޭމުން ކާމިޔާބުކުރީ 71 ވަނަ މިނެޓުގައި މިކޭއިލް އެންޓޯނިޔޯއެވެ. މިއީ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު 10 މެޗުގައި އެނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ. މި މޮޅާއެކު ވެސްޓްހޭމް ވަނީ ލީގުގެ ގަދަ ހަތަރުވަނައަށް ޖެހިލާފައެވެ.

ވެސްޓްހޭމް ހަތަރުވަނައިގަ އޮތީ 17 ޕޮއިންޓާއެކުއެވެ. މިއީ ޓީމުގެ ކޯޗު ޑޭވިޑް މޯޔެސް 2004 ވަނަ އަހަރުގެ ސީޒަންގައި އެވަންޓާއެކު ލީގުގެ ފެށުން ރަނގަޅަށް ދިޔަފަހުން އޭނާގެ ލީގުގެ ފުށުމުގެ މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ވާދަވެރި ވެސްޓްހޭމަށް ވުރެ ދެ ޕޮއިންޓު ފަހަތުން ހަވަނައަށް ވެއްޓިފައެވެ.