ޚަބަރު

ޓެކްސީ ޑްރައިވަރަކަށް ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަނެފި


މާލޭގައި ޓެކްސީއަކަށް އެރި ދެ މީހަކު ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަޖީދީ މަގުން ހުޅުމާލެ ދިއުމަށް ޓެކްސީއަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިގެން މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށްފަހު، ދެމީހުން ކާރުން ފައިބައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.