ޚަބަރު

ކުޅުދުއްފުށި ސިޓީން ހަރުފައެއް ހިފައިފި


ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފައެއް އެމްއެންޑީއެފް ނޮދަން އޭރިޔާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހިފައިފިއެވެ.

މިހަރުފަ ފެނިފައިވަނީ ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިންނެވެ.

މިހާދިސާގެ މަޢުލޫމާތު ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ސިފައިންގެ ޓީމެއް އެސަރަހައްދަށް ގޮސް ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވިއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ހިފި މިހަރުފައަކީ ދިގުމިނުގައި 42 އިންޗި ހުރި ހަރުފައެކެވެ.