ކުޅިވަރު

ޑޯޓްމުންޑް މޮޅުވެ ބަޔާންގެ ފަހަތުން ވިއްދައިފި


ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިޔާ ޑޯޓްމުންޑް މޮޅުވެ އެއްވަނައިގައި އޮތް ބަޔާން މިއުނިކު ފަހަތުން ވިއްދައިފިއެވެ. ރަށުން ބޭރުގައި ޑޯޓްމަންޑް މޮޅުވީ އަރްމީނިއާ ބެލަފީލްޑާ ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޑޯޓްމުންޑުން ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުން އެމްރީ ކޭންއެވެ. ޑޯޓްމުންޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޓްސް ހުމެލްސްގެ އިތުރުން ޖޫޑް ބެލިންހަމްއެވެ. މިއީ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ބެލިންހަމް މި ސީޒަންގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މެޗުގައި ބެލަފީލްޑުން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފަބިއަން ކުލޯސް ކާމިޔާބުކުރި ޕެނެލްޓީއަކުންނެވެ. މި މޮޅާއެކު ޑޯޓްމުންޑް ދެވަނައިގަ އޮތީ އެއްވަނައިގައިވާ ބަޔާންއަށްވުރެ އެއްޕޮއިންޓު މަދުން ހޯދައިގެން 21 ޕޮއިންޓާއެކުއެވެ. އަރްމީނިއާ ބެލަފީލްޑް އޮތީ ތާވަލުގެ ފުލުން ދެވަނައިގަ 5 ޕޮއިންޓާއެކުއެވެ.