ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައްފިއެވެ.
ދުވަހުގެ ތަހުނިޔާ ފޮނުވައިރައީސުލްޖުމްހުރިއްޔާ ކުރެއްވި ޓުވީޓުގައި ވަނީ ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި ޒުވާނުން އަދާ ކުރާ ރޯލާއި ކުރާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ.
On national #YouthDay2021, I convey our thanks and appreciation to young people for their many contributions towards nation building. We remain committed to ensuring that young people have the means to actively participate in public life and shape their future.
— Ibrahim Mohamed Solih (@ibusolih) October 22, 2021
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ނައިބު ރައޯސް ފައިސަލް ނަސީމުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ނައިބްރައީސް ކުރެއްވި ޓުވީޓުގައިވެސް ވަނީ ޤައުމު ބިނާކުރުމުގައި ޒުވާނުންގެ އަދާކުރާ ދައުރާއި އެމީހުންގެ ހިއްސާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގުފަހިކުރުންކަމަށް ނައިބްރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާއަށް ޝުކުރު ދަންނަވަން. މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުން.
— Faisal Naseem (@FaisalNasym) October 22, 2021
މިއަދަކީ، ޤައުމީ ފެންވަރެއްގައި ސަރުކާރުން ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަހެވެ. 2020ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22ވަނަ ދުވަހެވެ. އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ޤާނޫނު އަސާސީގައި ހިމެނުމަށް މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185ވަނަ ޖަލްސާއިން ފާސްކުރި ތާރީޚީ ދުވަހެވެ.