ނ.އަތޮޅަށް ދަތުރުކުރި ދޯންޏަކުން ކާށިދޫ ކަނޑައަށް ވެއްޓުނު ޒުވާނަކު ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މޫދަށް ވެއްޓިގެން ގެއްލިގެން ހޯދަމުންދަނީ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ހުރި ޒުވާނެއްކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެޒުވާނާ ވެއްޓުނީ ކާށިދޫ ކަނޑާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.
އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރެކް ޝޫޓެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.
ފުލުހުން ބުނީ މިހާދިސާގައި ގެއްލުނީ 22 އަހަރުގެ ދިވެހި ޒުވާނެއްކަމަށާއި އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހަނިކޮށްކަމަށެވެ.