ކުޅިވަރު

ބޮޑު މޮޅަކާއެކު ލިވަޕޫލް ދެވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ވޮޓްފަޑް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ވޮޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައިދިނީ ސާޑިއޯ މާނޭއެވެ. މިލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއަރ ލީގުގައި 100 ލަނޑު ޖެހި އެފްރިކާ ބަށްރަށް ނިސްބަތްވާ ތިންވަނަ ކުުޅުންތެރިޔާއަށެވެ. އަދި ދެވަނަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ފިރްމީނޯ ޖަހާއިދިން އިރު އެޓީމްގެ ތިންވަނަ ލަނޑު 52 ވަނަ މިނެޓްގައި ޖަހައިދިނީވެސް ފިރްމީނޯއެވެ. ހަތަރު ވަނަ ލަނޑު 54 ވަނަ މިނެޓްގައި ޖަހައިދިނީ މުޙައްމަދު ސަލާއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާއި ހެޓްރިކް ހެދީ ފިރްމީނޯއެވެ. މިމެޗް ވެގެން ދިޔައީ ވޮޓްފަޑްގެ ކޯޗް ކަމާއި ރަނިއޭރީ ހަވާލުވެ ކުޅުނު ފުރަތަމަ މެޗަށެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ ޗެލްސީއަށް ވުރެ އެންމެ ޕޮއިންޓެއް މަދުން ލިބިގެންނެވެ. އަދި ވޮޓްފަޑް އުޅެނީ ކުޅުނު އަށް މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.